އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯއާ ހަވާލުކޮށްގެން ދިވެހި ސަރުކާރުން އަޅާ އިންޓަނެޓް ސަބްމެރިން ކޭބަލް މިއަދު ރާއްޖެ ގެނެސް، ކޭބަލް އަޅާ ނިންމާލުން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖެއާ ގުޅާލާފައި ވަނީ ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ.
މި ރަސްމިއްޔާތު އިފްތިތާހް ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.












